ޚަބަރު

ޔޫއޭއީއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ


ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)އިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ބައެއް ނޫސްތަކުން ބުނެފައިވާގޮތުގައި ޔޫއޭއީއިން ކޯވިޑް-19އަށް އަލަށް ޕޮޒިޓިވްވި ފަންސާސް މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނެއެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ވަރަށްގިނަ ޤައުމުތަކުގެ މީހުން މީގެތެރޭގައި ހިމެނެއެވެ. ޔޫއޭއީގެ ހެލްތު މިނިސްޓްރީއާ ޙަވާލާދީ މިޚަބަރު ޝާޢިއުކޮށްފައިވާ ނޫސްތަކުގެ ތެރޭގައި ގަލްފް ނިއުސް އާއި ޚަލީޖް ޓައިމްސް ހިމެނެއެވެ.

މިކަމާ ގުޅިގެން ދިވެހިސަރުކާރުގެ ފަރާތުން ވިދާޅުވީ ޔޫއޭއީގައި ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވެފައިވާކަމުގެ ރަސްމީ މަޢުލޫމާތު އަދި ސަރުކާރަށް ލިބިފައި ނުވާކަމަށާ، އެކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.