މުނިފޫހިފިލުވުން

ބިޕާޝާ ބާސޫ ރާއްޖެ އަތުވެއްޖެ


މިނިވަން
ފަންސާހާ ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޝޯގައި ބައިވެރިވުމަށް
ބޮލީވުޑްގެ މަޝްރޫހު ފިލްމީ ތަރި ބިޕާޝާ ބާސޫ ރާއްޖެ އަތުވެއްޖެއެވެ.



ބިޕާޝާއާއި
އެކު ދެން ރާއްޖެ އައިސްފައިވަނީ، ޑްރާމާތަކުން އާއްމުންގެ މެދުގައި މަޤްބޫލްކަން
ހޯދާފައިވާ އަދި ބިޝާޕާގެ އެންމެ ފަހުން ނުކުތް ފިލްމް ކަމުގައިވާ ' އަލޯން' ގެ
ފިރިހެން ބަޠަލްގެ ރޯލް ކުޅެފައިވާ ކަރަން ސިންހް ގްރޯވާއެވެ.



 މިއަދު ހެނދުނު ރާއްޖެއައި މި ތަރިނަށް
އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ކިޔާފައިވަނީ އެމްއެމްޕީސީއާރުސީގެ
މެނޭޖިންގ ޑިރެކްޓަރ އަބްދުއްﷲ ޒިޔަތެވެ.



ބިޝާޕާ
ރާއްޖެއަށް އައިސްފައި މިވަނީ ނައިބު ރައީސް އަހުމަދް އަދީބުގެ ދައުވަތަކަށެވެ.



މިިނިވަން ފަންސާހާ ގުޅިގެން މިރޭ
ލޮނުޒިޔާރަތްކޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯއަށް މިދިޔަ ބުދަ ދުވަހު ސަނަމް
ބޭންޑު ވެސް ވަނީ ރާއްޖެއައިސްފައެވެ.