ޚަބަރު

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 މީހަކު އަތުލައިގެންފި


  • މޯފިން, ކޮކެއިން، ހެރޮއިން ހިމެނޭ

  • 142 ބުލެޓް، ބަރުދަނުގައި 1183.8 ގްރާމް

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 މީހަކު އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ކަސްޓަމްސްއިން ވިދާޅުވީ އަތުލައިގެންފައިވަނީ 51.6 ގުރާމްގެ މޯފިން އާއި، 424 ގުރާމް ކޮކެއިން އާއި، 708.2 ގުރާމްގެ ހެރޮއިންކަމަށެވެ. މި ތަކެތި އަތުލައިގެންފައިވަނީ، 2026 ސެޕްޓެންބަރު 25 ވަނަ ދުވަހު ތައިލެންޑުން ރާއްޖެއައި ނޭޕާލުގެ ދެ ފަސިންޖަރެއްގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން، ކަސްޓަމްސް އޮފިސަރުން އެ ފަސިންޖަރުންނާ ސުވާލުކޮށް އިތުރަށް ބަލާ ފާސް ކުރަން އުޅުމުގެ ތެރޭގައެވެ.

ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސަކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަށިގަނޑުގައި ފޮރުވައިގެންނާއި އެހެނިހެން ގޮތްގޮތުން އެތެރެކުރާ މަސްތުތަވާތަކެތި އަތުލައިގަންނަ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ.