ވިޔަފާރި

ވިލިމާލެ ރައްޔިތުންނަށް ދަތުރުކާޑު ހިލޭ ދިނުމަށް އެމްޓީސީސީން ނިންމައިފި


ވިލިމާލޭ ފެރީގެ ޚިދުމަތުގައި ބޭނުންކުރުމަށް ވިލިމާލެ ރައްޔިތުންނަށް ދަތުރުކާޑު ހިލޭ ދިނުމަށް އެމްޓީސީސީން ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް 19 އިން މުވައްޒަފުންނާއި ފަސިންޖަަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ފައިސާ ގެންގުޅޭ މިންވަރާއި ސިންގަލް ޓޯކަން މަދުކުރުމުގެގޮތުން ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއްވައެވެ.

އެމްޓީސީސީން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގައިވެސް ސަލާމަތީ ފިޔަވަޅުތައް ދަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން އެމްޓީސީސީގެ ފެރީތަކުގައި ފަތުރުވެރިންނަށް ރަށްރަށަށް ދަތުރުނުކުރެވޭގޮތް ވަނީ ހަދާފައެވެ.

އެހެންނަމަވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ޓިކެޓް ނުވަތަ ޕާސްޕޯޓު ދެއްކުމުން އެމްޓީސީސީގެ ފެރީތަކުގައި ދަތުރުކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެމްޓީސީސީގެ ފެރީތަކުގައި ދަތުރުކުރެވޭނީ ވޯކް ޕާމިޓް ދެއްކުމުންކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.