ޚަބަރު

ކޯވިޑް-19: ސެންޓަރާ ގްރޭންޑް ރިސޯޓުގައި ދިވެހި މުވައްޒަފެއް ޓެސްޓް ކުަރަނީ


ސެންޓަރާ ގްރޭންޑް ރިސޯޓުގެ ދިވެހި މުވައްޒަފެއްގެ ކިބައިން ކޯވިޑް-19އަށް ޝައްކުކުރެވޭ ފަދަ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން ފަށައިފިއެވެ.

އެޗްޕީއޭއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު އެމީހާ ހުރީ ހޯމް އައިސޮލޭޝަންގައި ބަހައްޓާފައި ކަމަށެވެ. އަދި މިމީހާގެ ޓެސްޓް ނަތީޖާ ލިބެންދެން އެރަށް މިހާރު އޮތީ މޮނީޓަރިންގެ ޙާލަތުގައެވެ.

ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެތެރޭގައި ޝައްކުކުރެވޭ ޢަލާމާތްތައް ފެންނަ ހުރިހާ އެންމެން އެހެން މީހުންނާއި ވަކިން ބައިތިއްބައިގެން ޓެސްޓް ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އަދި އެފަދަ މީހެއްގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ހުޅުލޭ އައިލެންދް ހޮޓެލް، އެޗްއައިއެޗްގައި 28 މީހުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 3 މީހުން އަދި ވެލިދޫގައި 15 މީހުން އަދި ފަން އައިލެންޑުގައި 59 މީހަކު އެކަހެރިކޮށް ވަނީ ބައިތިއްބާފައެވެ.