ޚަބަރު

ކޯވިޑް-19: ރަންދެލި ރިސޯޓުން ނެގި ސާމްޕަލް ނެގެޓިވް


ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޗަވަލް ބްލަންކް ރަންދެލިން ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ސާމްޕަލްތަކުގެ ނަތީޖާ މީގެ އިރުކޮޅެއް ލިބިފައިވާއިރު އެ ސާމްޕަލްގެ ނަތީޖާ ކޯވިޑް-19އަށް ނެގެޓިވް ވެފައިވާކަމަށް. އަދި އެރިސޯޓް މިހާރު މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހެއް

  • ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
  • ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
  • ކުރަމަތި މޯލްޑިވްސްއިން 2 މީހުން
  • ސަފާރީއަކުން 2 މީހުން
  • އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުން

ރާއްޖޭގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން ދަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އަދި ހުރިހާ ރައްޔިތުންގެވެސް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝަދުތަކާއި އެއްގޮތަށް ގޭގައި މަޑުކޮށްދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރައްވަމުންނެވެ.