ޚަބަރު

ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފި


އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެހެން ޤައުމަކުން ފުރާ، ޔޮޓާއި ސަފާރީ ފަދަ އުޅަނދުތައް ރާއްޖެއައުމާއި، ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުކުރުން މިއަދުން ފެށިގެން މަނާކޮށްފައިވާކަމަށެވެ.

އެޗްޕީއޭގެ މިއެންގުމާއި ޚިލާފްވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުއެޅުމަށް ވަނީ ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް އަންގާފަ. ކޯވިޑް 19 ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ އެއްވެސް ރިސޯޓަކުން ފަތުރުވެރިން ރަށްރަށަށް ދިއުމާއި، އެއްވެސް ރަށަކާއި ރިސޯޓަކާއި ދޭތެރޭ ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.