ވިޔަފާރި

މަސްވެރިން، އެމްޓީސީސީން ގަނެފައިވާ އިންޖީނުތަކަށް ފައިސާ ދެއްކުމަށް ލުޔެއް


ކޯވިޑް-19ގެ ސަބަބުން ވިޔަފާރިތައް ހީނަރުވުމާ ގުޅިގެން މަސްވެރިންނާއި އޮޑިވެރިން އެމްޓީސީސީން ގަނެފައިވާ އިންޖީނަށް ފައިސާދެއްކުމުގައި ލުއިފަސޭހަ އިންތިޒާމްތަކެއް އެމްޓީސީސީން ހަމަޖައްސައިދީފިއެވެ.

އެމްޓީސީސީން މިކަމާ ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށް، ޚާއްސަކޮށް މަސްވެރިންނާއި އޮޑިވެރިންގެ މަސައްކަތަށް މިކަމުގެ ސަބަބުން ހީނަރުކަން އައިސްފައިވާކަމަށެވެ. މި ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އެމްޓީސީސީން ވަނީ އެކުންފުނިން ވިއްކާ "ޔަންމާ" ބްރޭންޑާއި "ސުޒުކީ" ބްރޭންޑްގެ އިންޖީނުތަކަށް ދިގު މުއްދަތުން ފައިސާ ދައްކައި ޚަލާސްކުރެވޭ އުސޫލުން އިންޖީނު ގަނެފައިވާ ފަރާތްތަކަށް އިތުރު 3 މަސްދުވަހުގެ މުއްދަތެއް ދީފައެވެ.

އެހެންކަމުން މިއުސޫލުން އިންޖީނު ގަނެފައިވާ މީހުން ދައްކަށް ހުރި ފައިސާ މިއަދުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް އެމްޓީސީސީންވަނީ މިހަރު ފަސްކޮށްދީފައެވެ.

އަދި މިމުއްދަތައް ކަނޑައެޅިފައިވާ "ފައިނޭންސް ކޮސްޓް"ވެސް މަޢާފްކޮށްދޭން ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިބަދަލާއިއެކު އިސްލާހުކުރެވިފައިވާ ޕޭމަންޓް ޝެޑިއުލް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާ ކުރާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.