ޚަބަރު

ރައްކާތެރިކަމުގެ އުސޫލުގެ ދަށުން ޕެރަޑައިސް އައިލެންޑް ރިސޯޓްގެ 10 މީހެއް ކޯވިޑަށް ޓެސްޓުކުރަނީ


ކޯވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރަޑައިސް އައިލެންޑް ރިސޯޓްގެ 10 މީހެއްގެ ސާމްޕަލް ނެގުމުގެ މަަސއްކަތް ފަށައިފި.

ކޯވިޑް 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދަނީ ޕެރެޑައިސް އައިލެންޑްގެ ރިސޯޓްގެ 2 ބިދޭސީއަކާއި، 8 ދިވެއްސެއްކަމަށް އެޗްޕީއޭއިން ވިދާޅުވޭ.

އެޗްޕީއޭއިން ކޯވިޑް 19 އާއި ގުޅިގެން އަމަލުކުރަމުންދާ އާންމު އުސޫލުގެ ތެރެއިން ޕެރަޑައިސް ރިސޯޓްވަނީ މިހާރު މޮނިޓަރިންއަށް ލެބިފަ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒުވީ މިހަފްތާގައި ކިރިޔާ ބައްޔަށް ޝައްކުކުރެވޭ މީހަކު ހުރިނަމަވެސް ސާމްޕަލް ނަގައި ޓެސްޓް ކުރެވޭނެކަމަށް. މިއީ އެއްވެސް ހާލެއްގައި ކޯވިޑަށް ޕޮޒޮޓިވްވެގެން ކުރެވޭ ކަމެއްނޫންކަމަށާއި، މިއީ އާންމު ރައްކާތެރިކަމުގެ ގޮތުން މިދަނޑިވަޅުގައި އެޅުމަށް ނިންމާފައިވާ ފިޔަވަޅެއްކަމަށް.

މިއަދުގެ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވީ ރާއްޖެއިން ފުރައިގެން ރަޝިއާއަށް ކިޔަވަން ދިޔަ ތިން ދިވެހި ކުއްޖެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ހުރުމުން ރަޝިޔާގައި ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށް. އެކުދިން ކަރަންޓީން ކުރުމަށް ހަމަޖެހިފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށް އޭނާ ވިދާޅުވި.

އޭނާ ވިދާޅުވީ އެކުދިންގެ ހާލު ރަނގަޅު ކަމަށާއި ފޮރިން މިނިސްޓްރީގެ އިތުރުން ޖަރުމަނުގެ އެމްބަސީން އެ ދިވެހި ދަރިވަރުންގެ ހާލު ކައިރިން ބަލަމުން ދާކަމަށް.