ޚަބަރު

އިތުރު ސަފާރީއަކުން 2މީހުން ކޯވިޑް-19އަށް ޓެސްޓްކުރަނީ


ސަފާރީއެއްގައި ތިބި ބައެއްގެ ގައިން ކޮރޯނާއަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވެފައިވަނީ ޝައްކު ކުރެވޭ ޢަލާމާތްތައް ފެނިފައިވަނީ ސަފާރީގައި ތިބި ބިދޭސީ 2 މީހެއްގެ ގައިންކަމަށެވެ. މި ދެމީހުންގެ ގައިން ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައިކަމަށެވެ.

ޢަލާމާތްތައް ފެނިފައިވާނީ "މައި ސްކައި"ކިޔާ ސަފާރީއެއްގައި ތިބި ބައެއްގެ ގައިންނެވެ.
ކޯވިޑް 19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގި މީހުންގެ ނަތީޖާ ލިބެންދެން ސަފާރީވަނީ މޮނިޓަރިންގ ޙާލަތަށް ގެނެސްފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް ޕޮސިޓިވްވި 13 ބިދޭސީންގެ ތެރެއިން 2 ބިދޭސީންނަކީ ސަފާރީއަކުން ދަތުރުކުރި ދެމީހުންނެވެ. މި ދެމީހުން މިހާރުވަނީ ފަރުކޮޅުފުށި ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައެވެ.

ސަފާރީގައި ބައްޔަށް ޕޮސިޓީވްވިމީހަކު ހުރިކަން އިންގިފައިވަނީ ރާއްޖޭގެ ދެކުނަށް ސަފާރީ ދަތުރުކުރަމުންދަނިކޮށެވެ. ބަލިމީހުން ފަރުކޮޅުފުއްޓަށް ގެނެސް މިހާރުވަނީ ސަފާރީވެސް މޮނިޓަރިންގ ޙާލަތަށް ގެންގޮސްފައެވެ.