ޚަބަރު

ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގައި ފުލޫ ކްލިނިކެއް ހަދަނީ


ހދ. ކުޅުދުއްފުށީ ސިޓީގައި އިމާރާތްކޮށްފައި ހުރި ލޯކަލް މާރުކޭޓްގައި ފުލޫ ކްލިނިކެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ ފުލޫ ކުލިނިކެއްގެ ގޮތުގައި ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ލޯކަލް މާރުކޭޓް އިމާރާތް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިކަމުގައި ކުޅުދުއްފުށީގެ ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންގެ އެއްބާރުލުން ލިބެމުންދާކަމަށެވެ. އަދި ވަރަށް އަވަހަށް ފުލޫ ކްލިިނިކްގެ ޚިދުމަތް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެެއެވެ.