ޚަބަރު

ކޯވިޑް-19: ރީތި ބީޗުންވެސް ވައިރަހަށް ޝައްކުކުރެވޭ މީހަކު ފެނިގެން ޓެސްޓުކުރަނީ


ކޯވިޑް-10އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ފެނުމުގެ ސަބަބުން ރީތި ބީޗް އައިލެންޑުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތް އެޗްޕީއޭއިން ފަށައިފިއެވެ. އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ވިދާޅުވީ އެމީހާގެ ނަތީޖާ ލިބެންދެން ރީތިރަށް މޯނީޓަރިންގެ ޙާލަތަކަށް ގެނެސްފައިވާކަމަށެވެ.

ކޯވިޑް-19އަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ރިސޯޓުތަކުގެ މެނޭޖުމަންޓު މެދުވެރިކޮށް އެކަން އެޗްޕީއޭއަށް އެންގުމަށް އެފަރާތުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އަދި އެފަދަ ޢަލާމާތެއް ފެނިއްޖެނަމަ އަމިއްލައަށްވެސް 1676އަށް ގުޅާ އެންގުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކޯވިޑް-19ގެ ޢަލާމާތެއް ހުރިކަމަށް ޝައްކުކުރެވޭނަމަ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ދިޔުމުގެ ބަދަލުގައި ކޯވިޑް-19ގެ ހޮޓްލައިނަށް ގުޅާ މަޢުލޫމާތު ސާފުކުރުމަށް އަންނަނީ އިރުޝާދުދެމުންނެވެ.

ރާއްޖޭގައި ވައިރަސް އިތުރަށް ފެތުރިއަ ނުދީ ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ޢާއްމުންގެ ފަރާތުން އެއްބާރުލުން ދިނުމަށްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.