ޚަބަރު

ކޮވިޑް-19: ފޯކައިދޫން ގެނައި މީހާ އާއި ޔުނިވާސަލްގެ މުވައްޒަފު ނެގެޓިވް


ކޯވިޑް-19އަށް ޓެސްޓް ކުރި އިތުރު 3 މީހަކު އެވައިރަހަށް ނެގެޓިވް ވެފައިވާކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕިއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓުގައި ވިދާޅުވީ، ކޯވިޑް-19އަށް ޓެސްޓްކޮށް އެބައްޔަށް ނެގެޓިވް ވި 3 މީހުންގެ ތެރޭގައި ކޯވިޑް-19އަށް ޝައްކުކުރެވިގެން ށ. ފޯކައިދޫން ގެނައި މީހާ އާއި، އެބައްޔަށް ޝައްކު ކުރެވުނު، ޔުނިވާސަލް ޓިކެޓް އޮފީހުގެ މުވައްޒަފު ހިމެނޭ ކަމަށެވެ.

ކޮވިޑް-19އަށް ޓެސްޓްކުރި ތިން މީހެއްގެ ނަތީޖާ ނެގެޓިވް ވެފައި ވާއިރު، ފޯކައިދޫން ޝައްކުކުރެވުނު މީހާ އާއި ޔުނިވާސަލް ޓިކެޓް އޮފީހުގެ މުވައްޒަފަކީ، އިޓަލީ ފަތުރުވެރިޔާ އާއި ބައްދަލުވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

އެޗްޕީއޭއިން ކުރި ޓުވީޓް --

ކޯވިޑް-19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު، މިހާރު ވަނީ 6ށް އަރާފައެވެ. އަދި މިހާރުވެސް އިތުރު ބައެއް މީހުން ކަރަންޓީންކޮށް ދަނީ މޮނީޓަރކޮށް ބަލަހައްޓަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ 3 ރިޒޯޓެއް މިވަގުތު ވަނީ އަރައި ފޭބުން މަނާކޮށްފައެވެ.