ޚަބަރު

މިނިވަން 50އަށް ޕާކްކުރުން މަނާ ސަރަހައްދު ކަނޑައެޅުން


މިނިވަން ފަންސާހުގެ ހަރަކާތްތަކާއި ގުޅިގެން ޕާކް ކުރުން މަނާ ސަރަހައްދުތައް ކަނޑައަޅައިފިއެވެ. ފުލުހުން ބުނީ ޕާކް ކުރުން މަނާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދާއި، ދަރުބާރުގެއާއި އުސް ފަސްގަނޑު ހިމެނޭ ސަރަހައްދުގެ އިތުރުން، ގަލޮޅު ދަނޑު ސަރަހައްދު ކަމަށެވެ. މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ  ޚާއްޞަ ރަސްމިއްޔާތުތައް ކުރިއަށް ގެންދިއުމަށްޓަކައި ޖުލައި ސައުވީސް ވަނަ ދުވަހުން ފެށިގެން ޖުލައި 27 ވަނަދުވަހުގެ ރަސްމިއްޔާތުތައް ނިމެންދެން އެ ސަރަހައްދުތަކުގައި ޕާކް ކުރުން މަނާވާނެ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިހާރު ވަނީ ޕާކް ކުރުން މަނާ ސަރަހައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ޗާޓްތައް އާންމުކޮށްފައެވެ. ޕާކް ކުރުން މަނާ ސަރަޙައްދުތަކުގައި ޕާކުކުރާ އުޅަނދުތައް ތިލަފުއްޓަށް ބަދަލުކުރުމަށް ހަމަޖެހިފައިވާތީ، ޕާކުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއްދެއްވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. މީގެ އިތުރުން ސަލާމަތީގޮތުން ފުލުހުން ބަންދުކުރާ ސަރަހައްދުތަކުގައި ޑްރޯން ބޭނުންކުރުމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކުރިމަތިވެދާނެ ދަތިތަކަށްޓަކައި، ޑްރޯން ބޭނުން ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޑްރޯންފަދަ ތަކެތި ބޭނުން ކުރާނަމަ ފުލުހުންގެ ހުއްދަ ހޯދަންޖެހޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ. ތިރީގައި އެވަނީ ޕާކް ކުރުން މަނާ ސަރަހައްދުތަކުގެ ތަފްސީލެވެ.1. ޓީ ޖެޓީއާއި ދަރުބާރުގެ ހިމެނޭ ސަރަޙައްދުގައި ޕާކުކުރުން މަނާ މަގުތަކާއި ގޯޅިތައް:2. ބޮޑްތަކުރުފާނުމަގު ޓީޖެޓީއިން ފެށިގެން ދެކުނަށްގޮސް ބޮޑުތަކުރުފާނުމަގު ހުޅަނގުން އިރަށް ޓަސްކަލޫސާއާއި ހިސާބަށް3. އަމީނީ މަގު ސްޓެލްކޯއިން ފެށިގެން އިރަށް ބޮޑުތަކުރުފާނުމަގާއި ހަމައަށް4. ހިތިގަސްމަގު ރަތްވިލާ ހިނގުމާއި ގުޅުނު ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގާއި ހިސާބަށް5. މޫންލައިޓް ހިނގުން ހިތިގަސްމަގާއި ގުޅުނު ހިސާބުން ފެށިގެން އަމީނީމަގާއި ހިސާބަށް6. ބުރުޒުމަގު މޫންލައިޓް ހިނގުމާއި ގުޅުނު ހިސާބުން ފެށިގެން ކަލާފާނު ހިނގުމާއި ހިސާބަށް7. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގައި ޕާކުކުރުން މަނާ މަގުތަކާއި ގޯޅިތައް8. ބޮޑުތަކުރުފާނުމަގު އެމްއެމްއޭއިން ފެށިގެން އިރަށް ލޮޓަސް ގޯޅިއާއި ހިސާބަށް9. އިބްރާހީމް ޙަސަންދީދީ މަގު10. އަމީރު އަޙުމަދުމަގު ޗާންދަނީ މަގުންފެށިގެން އިރަށް ޝަހީދު މުޙައްމަދު ޙަސަން ހިނގުމާއި ހިސާބަށް11. ޖުމްހޫރީ ހިނގުން12. ޝަހީދު މުޙައްމަދު ޙަސަން ހިނގުން13. ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުންގަލޮޅު ރަސްމީ ދަނޑު ހިމެނޭ ސަރަޙައްދުގައި ޕާކުކުރުންމަނާ މަގުތަކާއި ގޯޅިތައް1. މަޖީދީމަގު އަލިކިލަގެފާނު މަގުންފެށިގެން އިރަށް ސޯސަންމަގާއި ހިސާބަށް2. ބަނަފުސާމަގު މަޖީދީމަގުން ފެށިގެން ބޮޑުރަސްގެފާނުމަގާއި ހިސާބަށް3. ޝަބްނަމްމަގު މަޖީދީމަގުން ފެށިގެން ބޮޑުރަސްގެފާނުމަގާއި ހިސާބަށް4. މުތީގޯޅި ޝަބްނަމްމަގުން ފެށިގެން ނިރޮޅުމަގާއި ހިސާބަށް5. ނިރޮޅުމަގު މަޖީދީމަގުން ފެށިގެން މުތީގޯޅިއާއި ހަމައަށް