ޚަބަރު

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ޚާއްޞަ މަސައްކަތްތަކެއްދަނީ ކުރަމުން


ކުރެއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހުންނާއި ކޮންޓެކްޓްވިމީހުން ހޯދައި އިތުރަށް މި ބަލި ފެތުރުނަނުދިމައްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން ހެލްތް މިނިސްޓަރ އަމީންވަނީ، ކޯވިޑް-19 ނެތްކަން ކަށަވަރުކުރުމައްޓަކައި މިހާރު ފަރުކޮޅުފުށީގައި 8 މީހަކު އެކަހެރިކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ވައިރަސްގެ އަސަރު ހުރި ދެ މީހުން ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ 93 މީހަކު ރޫމް ކަންޓީންގައި ބައިތިއްބާފައިވާކަމަށެވެ.

މީގެ އިތުރުމް ކޮންޓެކް ޓްރޭސިންގް ހަދައި 173 ފަރާތެއް މޮނީޓަރ ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ ކޮންޓެކް ޓްރޭސިންގްގެ 3 ވަނަ ދަރަޖަ ނުވަތަ 4 ވަނަ ދަރަޖަ ގުޅުމެއް ހުރި މީހެއްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މިނިސްޓަރ އަމީން ވަނީ މި ބަލި ނެތްކަން ކަށަވަރު ކުރުމަށް ހަދާ ޓެސްޓު ހެދުމަށް 24 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ބަތަލާ ރިސޯޓުން ސާމްޕަލް ނެގި 2 މީހުން ފިޔަވައި އެހެން ހުރިހާ ފަރާތެއްގެ ޓެސްޓުގެ ނަތީޖާ ލިބިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ ދެ މީހުންގެ ޓެސްޓުގެ ނަތީޖާ ނުލިބޭތީ އެ ރިސޯޓުގައި 11 މީހަކު މިހާރު ރޫމް ކަރަންޓީން ކޮށްފައިވާކަމަށެވެ.

"މިހާތަނަށް 24 ސާމްޕަލް ނެގީ. 22 ގެ ނަތީޖާ ލިބިއްޖެ. 2 މީހުން ޕޮޒިޓިވް އަދި ބަތަލާގެ ދެ މީހުންގެ ނަތީޖާ ނުލިބޭ. ށ.ފޯކައިދޫ މީހާގެ ސާމްޕަލް ނެގުމަށް ފަރުކޮޅުފުއްޓައް ގެނައުމަށް މަސައްކަތް މިކުރަނީ. ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ ކޮންޓެކް ޓްރޭސިންގްގެ 3 ވަނަ ދަރަޖަ ނުވަތަ 4 ވަނަ ދަރަޖަ ގުޅުމެއް ހުރި މީހެއްކަމަށް މިފެންނަނީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއާއި ކަމާ ބެހޭ ފަރާތްތަކުން ވަނީ މިވަގުތު ހާސްވެ ކަންބޮޑު ވުމުގެ ބަދަލުގައި އަމިއްލަ ރައްކާތެރިކަމަށާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށާއި ސާފުތާހިރުކަމަށް އިސްކަންދިނުމަށް އިރުޝާދުދެއްވާފައެވެ.