ސިޔާސީ

ނާއިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް


ރައީސުލްޖުމްހޫރިއްޔާގެ
ނާއިބު ޑރ.މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ
ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. ބާރަށު ދާއިރާގެ
މެމްބަރު އިބްރާހީމް ޝުޖާއު، ޑރ.ޖަމީލުގެ އިތުބާރު
ނެތްކަމުގެ މައްސަލަ 61 މެމްބަރުންގެ ސޮޔާއެކު ހުށައަޅާފައިވަނީ މިދިޔަ
ޖޫންމަހުގެ 30ވަނަ ދުވަހުއެވެ. 

ހަމައެދުވަހު ވަނީ  މަޖިލީހަށް ޖަވާބުދާރީ [ވުމުގެ ކުރިން
ފޮނުވަންޖެހޭ ނޯޓިސް ޑރ.ޖަމީލަށް މަޖިލީހުން ފޮނުވާފައެވެ. ޑރ. ޖަމީލުގެ
އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވުމަށް 57 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ. ޕީޕީއެމާއި
އެމްޑީއޭގެ މެމްބަރުންގެ އިތުރުން އިދިކޮޅު އެމްޑީޕީއާއި، ޖުމްހޫރީޕާޓީގެ
މެމްބަރުންވެސް މިމައްސަލައަށް ތާއީދުކުރާކަން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މާދަމާގެ ޖަލްސާއަށްވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިސްލާހެއްވެސް އެޖެންޑާކޮށްފައެވެ. ނަމަވެސް އެއީ ކޮން އިސްލާހެއް ކަމެއް އަދި ސާފެއް ނުވެއެވެ.