ޚަބަރު

ވިލާކޮލެޖުގެ މެއި އިންޓޭކްގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި


ވިލާކޮލެޖުން މެއި މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކޮލެޖުން މޭމަހު 80އަށްވުރެ ގިނަ ކޯސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ވިލާ ކޮލެޖުން މެއި އިންޓޭކުގައި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އައި.ޓީ ދާއިރާގެ ކޯސްތަކާއި، ތަޢުލީމީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ އަދި ސިއްޙީ ދާއިރާގެ ކޯސްތައް ހިމެނެއެވެ.

މީގެތެރޭގައި ހިމެނެނީ މާސްޓަރސް، ޕޯސްޓް ގްރެޖުއޭޓް، ޑިގްރީއާއި ޑިޕްލޮމާ އަދި ފައުންޑޭޝަންއާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކެވެ.

ވިލާކޮލެޖުގައި ކުރިއަށްދާ ކޯސްތަކުގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްކަމަށްވާ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ކޯސްތައް ހިމެނެއެވެ.

މި ކޯސްތައް ވިލާކޮލެޖު މާލޭ ކެމްޕަހުގެ އިތުރުން އަތޮޅުތަކުގެ ކެމްޕަސްތަކުގައިވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރިލްމަހުގެ 9ވަނަ ދުވަހެވެ.

ވިލާކޮލެޖުން ވަނީ އެ ކޮލެޖުގެ 2020ވަނަ އަހަރުގެ ސްކޮލަރޝިޕް ސްކީމަށް ކުރިމަތިލުމަށްވެސް ހުޅުވާލާފައެވެ. މި ފުރުސަތުގައި 4 ކެޓަގަރީއަކުން ސްކޮލަރޝިޕް ދިނުމަށްވަނީ ހަމަޖެހިފައެވެ. ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 30 އޭޕްރިލް 2020އެވެ.