ޚަބަރު

މިދިޔަ އަހަރު ގާލް ގައިޑްސް އެސޯސިއޭޝަނުން ހިންގި އެކި ހަރަކާތްތަކަށް 4.2 މިލިޔަން ރުފިޔާ


މިދިޔަ އަހަރު ގާލް ގައިޑްސް އެސޯސިއޭޗަނުން ހިންގި އެކި ހަރަކާތްތަކަށް 4.2 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ އެސޯސިއޭޝަނުން ހާމަކުރައްވައިފިއެވެ.

މިދިޔަ އަހަރުގެ އެ ސއޯސިއޭޝަންގެ އަހަރީ އާންމު ޖައްލާގައި ވަނީ އެ އެސޯސިއޭޝަނުން މިދިޔަ އހަރު ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި އެސޯސިއޭޝަނަށް ލިބުނު ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. މި ޖަލްސާ ޝަރފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނަބަލު ފަޒްނާ އަޙަމަދެވެ.

މި ޖަލްސާގެ ތެރެއިން ހުށައެޅި މިދިޔަ އަހަރުގެ ގާލް ގައިޑްސް އެސޯސިއޭޝަންގެ މާލީ ބަޔާނުގައި ވާގޮތުން ރާއްޖޭގެ ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި ރާއްޖޭން ބޭރުގެ ހަރަކާތްތަކަށް ވަނީ ބޮޑު އަދަދެއް ހޭދަކޮށްފައެވެ. މިގޮތުން ފީ ނަގައިގެން ގުރައިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ވަނީ 1 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އެންވަޔރަމަންޓް ކޭމްޕަށް 23 ހާހަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެސޯސިއޭޝަނުން ކުރިއަށް ގެންދާ ގޯލްޑް ޕްރޮޖެކްޓަށް 39 ހާހަށްވުރެ ގިނަ ރުފިޔާ ޚަރދުކޮށްފައިވާއިރު މިދިޔަ އަހަރު ރާއްޖޭގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކުރިއަށްގެންދިޔަ ކޭމްޕްތަކުގެ ތެރެއިން މެލޭޝިއާ ކޭމްޕަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ އަދި ކޮރެއާ ގައިޑް ކޭމްޕަށް 1.3 މިލިޔަން ރުފިޔާ ޚަރދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދިޔަ އިންޓަރނޭޝަނަލް ކޭމްޕަށް 5 ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރދުކޮށްފައެވެ.

މާލީ ބަޔާން ހުށައަޅަމުން އެ އެސޯސިއޭޝަންގެ ފައިނޭޝިއަލް ކޮމިޝަނަރ ހައްވާ ފަޖުއާ ވިދާޅުވީ މި ހަރަކާތްތަކަށް ކުރި ޚަރދުތަކުގެ އިތުރަށް ދެން އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ އެ އެސޯސިއޭޝަންގެ އިމާރާތް މަރާމާތު ކުރުމަށްކަމަށެވެ. މިގޮތުން އެ މަސައްކަތަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.


ގާލް ގައިޑްސް އެސޯސިއޭޝަން އަކީ އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވާ އެކި ކަންކަމަށް ބާރުވެރިކުރުމަށް ތަފާތު ހަރަކާތްތައް ހިންގާ އެސޯސިއޭޝަނެކެވެ. އެ އެސޯސިއޭޝަން އުފެދިފައިވަނީ 1948 ވަނ އަހަރުގައެވެ. މިހާތަނަށް މި އެސޯސއިޭޝަންގައި 86 ސްކޫލްއަކުން 13346 ކުދިން ވަނީ ބައިވެރިވެފައެވެ. އަދި މިއހަރުމުލީން އަލަށް 11 ސްކޫލްއަކުން އެ އެސޯސިއޭޝަނާ ވަނީ ގިޅިފައެވެ.

ގާލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާގައި ވަނީ މިދިޔަ އަހަރު އެ އެސޯސިއޭޝަނުން ފާހގަކޯސްލެވޭ ގައިޑުންނަށް ހަނދާނީ ލިޔުން ދެއްވާފައެވެ. ހަނދާނީ ލިޔުން ދެއްވީ ރައީސްގެ އަނބިކަނބަލުންނެވެ.