ޚަބަރު

ފަސްޓް ރެސްޕޮންޑާ ޓްރެއިނިންގ ޕްރޮގުރާމެއް ޔޫއެސް އެމްބަސީން ކުޅުދުއްފުށީގައި ބާއްވައިފި


ޔޫއެސް އެމްބަސީން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ފަސްޓް ރެސްޕޮންޑަރ ޓްރެއިނިންގ ޕްރޮގްރާމު ނިންމާލައިފި. ކުޅުދުއްފުށީގައި ހުންނަ ނޮދަން އޮފީސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މި ޕްރޮގުރާމަކީ އެމެރިކާގެ ސިވިލް މިލިޓަރީ އާޢި ރެޑްކްރެސެންޑް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގަރާމެކެވެ. މިޕްރޮގަރާމުގައި ގުޅުން ހުރި އެކި މުއައްސަސާތަކުން 30 ފަރާތްތަކުން ބައިވެރިވެ، ވަނީ ސެޓްފިކެޓް ޙާޞިލުކޮށްފަ އެވެ.

މި ޕްރޮގުރާމުގައި ބައިވެރިވި ފަރާތްތަކުން ބުނީ މިއީ ވަރަށް ގިނަ އާ ކަންތައްތައް ދަސްވި ޕްރޮގަރާމެއް މީހުންނަށް ދިމާވާ ޞިއްޙީ ކުއްލި ހާލަތުގައި ބޭނުންކުރާ ވަސީލަތްތައް ވެސް ބޭނުންކުރަން ދަސްވި ކަމަށެވެ.

މި ޓްރެއިިނިންގގައި ތިއަރީ އަދި ޕްރެކްޓިކަލް ކްލާސްތައް ވެސް ކުރިއަށްގެންދިޔަ އެވެ. އަދި މެޑިކަލް އެމަރޖެންސީ އާއި ރެސްކިއުގެ މުހިންމު ބައިތައް ކިޔަވާދިނެވެ. މި ޓްރެއިނިންގައި އެމްއެންޑީއެފް، ރެޑްކްރެސެންޓް، ނަރުހުން އަދި ހެލްތް ކެއާރ ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުންވެސް ވަނީ ބައިވެރިވެފަ އެވެ. މި ޓްރެއިނިންގެ މަޤްޞަދަކީ މިހާރަށް ވުރެ ބޮޑަށް މިދާއިރާއިން މީހުން ހޭލުވެރިކުރުވާ އެފަދަ ކަންކަމުގައި މީހުން ބައިވެރިވާ މިންވަރު އިތުރުކުރުމެވެ.