ޚަބަރު

މިއަހަރުގެ ފުރަތަމަ ޔޫތު ލީޑަރސް ފޯރަމް ނ. ވެލިދޫގައި ފަށައިފި


މިއަހަރުގެ ފުރަތަމަ ޔޫތު ލީޑަރސް ފޯރަމް ނ. ވެލިދޫގައި ފަށައިފިއެވެ.

ޔޫތު ލީޑަރސް ފޯރަމަކީ ދިވެހި ޤާބިލު ޒުވާނުން ބިނާކޮށް، ދިވެހި ޒުވާނުންނަކީ ޤައުމަށް ބޭނުންވާ ކޮންމެ ޙާލަތެއްގައި ޤައުމަށްޓަކައި ނިކުންނަން ކެރޭ ބަޔަކަށް ހެދުމަށް އަހަރުގެ އެކި ދުވަސްވަރަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ސިލްސިލާ ފޯރަމެކެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މަސައްކަތްކުރާ، ޔޫތު ލީޑާސް ނެޓްވޯކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ފޯރަމްގައި ނ އަތޮޅުގެ 70 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ފޯރަމްގެ ޝިޢާރަކީ، "ހަރުދަނާ ޒުވާނުން، މުޖުތަމަޢުގެ ކުރިއެރުން" މި ޝިޢާރެވެ. މި ޝިޢާރުގެ ދަށުން ޖުމުލަ 7 ސެޝަނެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ލީގަލް ޑިޕާޓްމަންޓާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ތަޖުރިބާކާރުން މިފަހަރުގެ ފޯރަމްގައި މަޢުލޫމާތު ދިނުމަށް ވަނީ ނިންމާފައެވެ. މިއަހަރުގެ ފޯރަމް ކުރިއަށްދާނީ މިމަހުގެ 27 އިން 29 އަށް ނ އަތޮޅު ތަޢުލީމީ މަރުކަޒު ހޯލްގައެވެ.