ހދ. ކުޅުދުއްފުށި ސިޓީ ގައި ޢިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތު ކުރަން ފެނަކަ ކޯޕަރެޝަނާ ޙަވާލު ކުރުމާ ގުޅިގެން މިމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ފެންކަ ކޯޕަރޭޝަނުން މިކަމާ ގުޅިގެން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މި 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަމުންދާ ކަމަށެވެ. މިތަން މަރާމާތު ކުރަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބޯމަތި ވެފައިވަނިކޮށް އެތަން ލިބުނު މީހުންނާ ތަން ޙަވާލު ކުރީ އަވަސް އަރުވާލައިގެން ކަމަށްވެފައި އޭރުވެސް އެތާގައި މީހުން ދިރިއުޅޭ ވަރަށްވުރެ ޙާލަތު ދަށްވެފައި ވާތީ އަލުން މަރާމާތު ކުރަން ޖެހިގެން ކަމަށް ފެނަކަ ކޯޕަރޭޝުން ބުނެއެވެ. އެތަން ލިބުނު މީހުންނަށް އޭރުއްސުރެ އެތާގައި ދިރިއުޅެވޭ ގޮތް ވަނި ނުވެފައެވެ.
މަރާމާތު ކުރުމުގެ މަސައްަތް ފެނަކަކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ. 190 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށް 23 މިލިއަން ރުފިޔާ މިމަޝްރޫއަށް ކަނޑައަޅާފައިވެއެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާ، ކަރަންޓް ، އަދި ސީލިންގ މަރާމާތުކުރުމާއި ފަންކާ ބަދަލުކުރުން ހިމެނެ އެވެ.
ކުޅުދުއްފުށީ، މާފަލު ހިޔާގައި އިމާރާތްކޮށްފައިވާ 40 ރޯހައުސްއަކީ ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އިމާރަތް ކޮށްފައިވާ ރޯހައުސްތަކެކެވެ.