ޚަބަރު

ބަންދު ކޮށްފައިވާ ފަތްތަކެއް ހދ ނޮޅިވަރަމަށް ލައްގައިފި


ބަންދުކޮށްފައިވާ ފަތްތަކެއް ހދ. ނޮޅިވަރަމަށް ލައްގައިފިއެވެ.

ނޮޅިވަރަަމް ކައުންސިލުން ބުނީ ބަންދުކޮށްފައި ހުރި ފަތްތަކެއް އިއްޔެ ހަވީރު އެރަށު ބަނދަރުގެ ދެކުނުކޮޅަށް ލައްގާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ބޮޑު ޕާރުސަލެއް އެރަށަށް ލައްގާފައިވާކަމަށާއި މިތަކެތި ކަނޑާ ބެލުމުން އެއީ ބޮނޑި ބޮނޑިއަށް ހުރި ފަތްތަކެއްކަން އެނގުނު ކަމަށެވެ. ނަމަވެސް، އެއީ ކޮން ވައްތަރެއްގެ ފަތްތަކެއްކަން ނޭނގޭ ކަމަށާއި، އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް ކައުންސިލް އޮފީހުން ބުނެއެވެ. ދެ ފޫޓްގެ އެ ޕާރްސަލްގައި ހުރި ފަތްތައް ބަންދު ކޮށްފައިވަނީ ދެ ބަޔަކަށް ވާގޮތަށް ވަރަށް ތަރުތީބުން ކަން ފާހަގަ ކުރެވޭކަމަށް ވެސް ކައުންސިލް އިދާރާއިން މައުލޫމާތު ދެއެވެ.

މިގޮތައް ބަންދުކޮށްފައިވާ ފަތްތަކެއް އިއްޔެ ހއ ބާރަށުން މަސްބާނަން ނިކުމެ އުޅުނު މަސްދޯންޏަކުންވެސް ވަނީ ހޮވާފައެވެ. އަދި ބ. އޭދަފުށި ފަޅުތެރެއިން އޮޔާ ދަނިކޮށް މިދިޔައަހުގެ ޑިސެމްބަރ މަހުގެ ގެ ތެރޭ ވަނީ ހޮވާފައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަދުވަހު ގިރިފުށީ ޖެޓީ ސަރަހައްދަށް ލެއްގި ޕާރުސަލަކުންވެސް ފަތްތަކެއް ވަނީ ފެނިފައެވެ.