ޚަބަރު

ގަލޮޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ގަލޮޅު ދަނޑުކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ގ ޕްރެސައިޑް ކިޔާގެއެއްގައި ކަމަށެވެ.

އަދި އަލިފާންރޯވީ އެގޭގެ ފުރަތަމަ ފަންގިފިލާގައި ކަރަންޓް ބޯޑެއްގައި ކަމަށާއި، ރޯފި އަލިފާން ކުޑައިރުކޮޅެއްގެ ތެރޭގައި ނިވާލާފައިވާ ކަމަށެވެ.

އަދި ދޮންނަ މެޝިނަކަށާއި ކޮޓަރީގެ ތެރޭގައި ހުރި އެހެން ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއެވެ.