ވިލިމާލޭގައި ރުކަކުން ވެއްޓި މީހަކަށް އަނިޔާވުމާއި ގުޅިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ވިލިމާލޭގައި ރުކަކަށް އަރާއުޅުނު 47 އަހަރުގެ ދިވެހި ފިރިހެނެއް ވެއްޓިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު 17:50 ހާއިރުކަމަށެވެ.
ރުހުން ވެއްޓުނު މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށާއި، އޭނާއަށް ވިލިމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ރުކުން ވެއްޓުނު މީހާގެ ހާލު ސީރިއަސްކަމަށްވެސް ފުލުހުން މަޢޫލޫމާތުދެއްވައެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.