ސްނޯކްލިންއަށް ދިޔަ ދިވެހި ފިރިހެނެއް މަރުވެއްޖެއެވެ. މަރުވެފައިވަނީ ޢުމުރުން 23 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ އއ.މަޑިވަރު ބޭރުގައި ސްނޯކްލިންއަށް ދިޔަ ދިވެހި ފިރިހެއްނެ ނިޔާވެގެން އެއަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 17:30 ހާއިރުކަމަށެވެ. މިހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.