ޚަބަރު

ބިދޭސީންތަކެއް މާރާމާރީ ހިންގާ އެކަކުގެ ބޯ ފަޅާލައިފި


ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާ އެކަކުގެ ބޯފަޅާލައިފިއެވެ. ފުލުހުން ވިދާޅުވީ މި މާރާމާރީ ހިންގާފައިވަނީ އަމީނމަގު މީރާ ކުރިމަތިން އޮންނަ ގޯޅިގަނޑުގެ ތެރޭގައިކަމަށެވެ.

މި މާރާމާރީގައި އެކެއްގެ ބޯފަޅައިގެން ގޮސް އިތުރު މީހެއްގެ ކޮނޑުހުޅަށް އަނިޔާ ލިބިފައިވާކަމަށާއި މި މާރާމާރީގައި ރިޕޯޓްކޮށްފައިވަނީ ހަވީރުކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މާރާމާރީގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންނެވެ.

މިކަމާއި ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ފުލުހުން އާދި ހަމައެއް ނުކުރެއެވެ. އެހެންމަވެސް މި މާރާމާރީއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.