ޚަބަރު

މަސްވެރިންނާއި، ދަނޑުވެރިންނަށް ޚާއްސަ އެސްއެމްއެސް ސިސްޓަމެއް


ރާއްޖޭގެ
އެކިކަންކޮޅުތަކުގައި ތިބި މަސްވެރިންނާއި، ދަނޑުވެރިންނަށް އެދާއިރާތަކާގުޅޭ
މައުލޫމާތު ދިނުމަށް ޚާއްސަ އެސް.އެމް.އެސް ސިސްޓަމެއް މިނިސްޓްރީ އޮފް ފިޝަރީޒް
އެންޑް އެގްރިކަލްޗަރއިން ތައާރަފްކޮށްފިއެވެ.



މި ސިސްޓަމް
ތަޢާރަފްކޮށްދެއްވާ 
ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ
ވިދާޅުވީ، މިސިސްޓަމް ފެށުމުގެ ގޮތުން ފުރަތަމަ ފޮނުވި އެސް.އެމް.އެސް،  އެމިނިސްޓްރީގެ ޑާޓާ ބޭސްގައި
ރަޖިސްޓްރީވެފައިވާ ހުރިހާ މަސްވެރިންނާއި ދަނޑުވެރިންނާ ހަމައަށް
ލިބިފައިވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެސް.އެމް.އެސް
ސިސްޓަމް ފުރަތަމަ އަމާޒުކޮށްފައިވަނީ، މަސްވެރިކަމުގެ ދާއިރާއިން، މަސްވެރިނަށް
ފޯރުކޮށްދޭންޖެހޭ މުހިންމު މައުލޫމާތުތައް ފޯރުވުމަށްކަމަށެވެ. އަދ މިހާރު ދަނޑުވެރިކަމާގުޅޭ މައުލޫމާތު ފޯރުކޮށްދޭން ފަށާފައިމިވަނީ،
ދަނޑުވެރިންނާއި މަސްވެރިން އެފަދަ މައުލޫމާތު ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް
އެދެމުންދާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

6 ހާހާއި، 7 ހާހާއި ދެމެދުގެ
އަދަދަކަށް  މަސްވެރިންނާއި، ދަނޑުވެރިން
ފިޝަރީޒް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާއިރު، ދަނޑުވެރިންގެ
ގޮތުގައި  ނުވަތަ މަސްވެރިންގެ ގޮތުގައި
މިނިސްޓްރީގެ އެކި  ޕްރޮޖެކްޓްތަކާއި ލޯންތަކަށް ހުށައަޅާ އަދި މިނިސްޓްރީން
ދޫކުރާ ލައިސަންސްގެ ބޭނުމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އެދެމުންދާވަރަކަށް އެސް.އެމް.އެސް ޑާޓާ ބޭސްގައި ހިމަނަމުންދާނެކަމަށް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރއިން މައުލޫމާތުދެއެވެ.