ކުޅިވަރު

ގޯލް ކީޕަރުން އެހެން ހަރުފަތަކަށް ގެންދެވޭނީ އެފްއޭއެމްއާއިއެކު މަސައްކަތްކޮށްގެން: އިމްރާން


ޤައުމީ ޓީމްގެ ގޯލް ކީޕަރުން އެހެން ލެވެލްއަކަށް ގެންދެވޭނީ އެފްއޭއެމްއާއިއެކު މަސައްކަތްކޮށްގެންކަމަށް ޤައުމީ ޓީމްގެ ގޯލް 17 އަހަރު ބެލެހެއްޓި އިމްރާން މުހައްމަދު ބުނެފިއެވެ.

ޤައުމީ ޓީމްގެ ގޯލް ކީޕަރުން ތަމްރީން ކުރުމަށް އިމްރާންއާއި ހާވާލްކޮށްފައިވާއިރު، އިމްރާން މަސައްކަތް ކުރާނީ ކީޕަރު އަސްލަމްގެ ދަށުންނެވެ. މަގާމްއާއި ހަވާލް ވުމަށްފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރު އިމްރާން މުހައްމަދު ބުނީ، ޤައުމީ ޓީމްއަށާއި ކުލަބްތަކަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވުމުން، ފުޓްބޯޅައަށް ޚާއްސަ ލޯތްބެއް އޮންނަކަމަށާއި ޚާއްސަކޮށް ގޯލް ކީޕަރުން ތަމްރީން ކުރުމަށް އަބަދުވެސް ޝައުގުވެރިވާކަމަށެވެ.

އިމްރާން ބުނީ ކީޕަރަކަށް ހުރެގެން ދަސްވި ކަންތަށްތަށް ރާއްޖޭގެ އެހެން ގޯލް ކީޕަރުންނަށް ދަސްކޮށް ދިނުމަކީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަދަތަކަށް ގެންދިއުމަށް ވަރަށް މުހިންމުކަމެއްކަމަށެވެ. އިމްރާން ބުނީ މިހާރު ދިވެހި ކީޕަރުންނަށް ބޭނުންވަނީ ރަނގަޅު ތަމްރީންކަމަށާއި ރާއްޖޭގެ ކީޕަރުންނަކީވެސް ވަރަށް ހުނަރުވެރި ކީޕަރުންތަކެއްކަމަށް ޤައުމީ ޓީމްއަށް 17 އަހަރު ވަންދެން ކުޅެފައިވާ އިމްރާން ބުންޏެވެ.

ޤއުމީ ޓީމުން އިމްރާން ރަސްމީކޮށް ރިޓަޔާ ކުރުމަށް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ވަނީ ހާއްސަ މެޗެއް ކުޅެފަ އެވެ. އޭގެ ފަހުން މިހާރު ކުރިއަށްދާ ސީޒަނުގެ ކުރީކޮޅު އިމްރާން ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. އެކަމަކު ޓީސީ ދޫކޮށްލުމަށް ފަހު އިމްރާން ހުރީ އެއްވެސް ކްލަބަކާ ނުގުޅި އެވެ.