ކުޅިވަރު

މިފަހަރުގެ ބައިބަލާ މުބާރާތުގައި 53 ޓީމް


ބައިބަލާ މުބާރާތުގައި ފަންސާސް ތިން ޓީމް
ބައިވެރިވެއްޖެއެވެ. ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތުދެއްވި ގޮތުގައި ރެކޯޑް
އަދަދަކަށް ޓީމްތައް ބައިވެރިވުމުން މިފަހަރު މުބާރާތުގައި ކުޅެންޖެހޭ މެޗުތައް
އިތުރުވެ، ދިގުލައިގެން ދިއުމުގެ ފުރުޞަތު ބޮޑެވެ. 

މުބާރާތުގައި ޖުމްލަ
ފަންސާސް ދެ މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރަށްވުރެ އިތުރަށް ކޮންމެ
ރެއަކުވެސް މެޗު ކުޅޭނެކަމަށް ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތުދެއްވައެވެ. މުބާރާތް
ފެށުމަށް ހަމަޖެހިފައިވަނީ ވަޅު އީދު ދުވަހުއެވެ. ނިމޭނެ ސީދާ ތާރީޚެއް ނޭންގޭކަމަށް
ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތުދެއްވައެވެ. 

ފަންސާ ތިން ޓީމްގެ ކުޅުންތެރިންނާއި
މުބާރާތުގެ އޮފިޝަލުންނާއެކު ބާރަސަތޭކައެއްހާ ޒުވާނުން މުބާރާތުގައި
އެކިގޮތްގޮތުން ބައިވެރިވާނެއެވެ.