ކުޅިވަރު

ލިވަޕޫލް މޮޅަކުން ޕްރީސީޒަން ފަށައިފި


ޕްރީ ސީޒަން ފުރަތަމަ މެޗުގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗް އެޓީމް ކާމިޔާބުކޮށްފިއެވެ.  ތައިލެންޑް އޯލް ސަޓާރސް ޓީމާއި ދެކޮޅަށް ކުޅުނު މެޗް ލިވަޕޫލް ކާމިޔާބުކުރީ ހަތަރެއް ސުމަކުންނެވެ. މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ލަޒަރ މާކޮވިޗް، މަމަދޫ ސަޚޯ، އެޑަމް ލަލާނާ، އަދި ޒުވާން ފޯވާޑް ޑިވޮކް އޮރިގީއެވެ.މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗް
ބްރެންޑެން ރޮޖާސް  ބުނީ ޓީމާއި އަލަށް
ގުޅުނު ކުޅުންތެރިންގެ ފަރާތުން އޭނާ ހިތްހަމަ ޖެހޭ ފެންވަރުގެ ކުޅުމެއް
ފެނުނުކަމަށާއި، ޓީމް އެއްކޮށް ހަމައަކަށް އެޅެން އަދި ދުވަސްކޮޅެއް ނަގާނެކަމަށެވެ. އަދި އޭޝީޔާ އަދި އޮސްޓްރޭލިއާގައި މި ކުރާ ތަމްރީން ތަކުގައި ޓީމަށް ބޮޑެތި
ކުރިއެރުންތަކެއް އަންނާނެކަމަށާއި، އަންނަ ސީޒަންގައިވެސް ލިވަޕޫލްގެ ޒުވާން
ކުޅުންތެރިންގެ ފެންވަރު ފެނިގެންދާނެކަމަށެވެ. " ޓީމާއި އަލަށް ގުޅުނު ކުޅުންތެރިން އަހަރެން ހިތްހަމަ ޖެހޭ ފެންވަރަށް ކުޅުނު. ފޯވާޑް ލައިނުގައި ތިބި ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަ ޖެހޭ. އަންނަ އަހަރުވެސް ޓީމުގެ ޒުވާން ކުޅުންތެރިންގެ ފެންވަރު ފެންނާނެ" ރޮޖާސް ބުންޏެވެ.ޕްރީ ސީޒަން ދެވަނަ މެޗު ލިވަޕޫލް ކުޅޭނީ އޮސްޓްރޭލިއާގެވެ. އަދި އެޓީމްގެ މި ޓުއާ ނިންމާލާނީ މެލޭޝިޔާގައި ކުޅޭ މެޗަށްފަހުއެވެ. މެލޭޝިޔާ މެޗުގައި ރާއްޖޭގެ ޤައުމީ ކެޕްޓަން އަލީ އަޝްފާޤްވެސް ލިވަޕޫލާއި ދެކޮޅަށް ކުޅޭނެއެވެ.