ކުޅިވަރު

ޓީސީގެ މިޑްފީލްޑް ރަނގަޅު ކުރަންޖެހޭ: ސޮބާ


އޭއެފްސީ ކަޕުގެ ދެ ވަނަ ބުރަށް ދެވޭ ފެންވަރު ޓީސީގައި އެބަހުރި ކަމަށާއި ނަމަވެސް ޓީމުގެ މެދުތެރެ ރަނގަޅު ކުރަން ޖެހޭ ކަމަށް ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ކޯޗު ސޮބާހް މުހައްމަދު ބުނެފި އެވެ.

އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ދިޔަ ހަމައެކަނި ޓީމު ކަމަށްވާ ނިއުރޭޑިއަންޓްގައި މުހިންމު ދައުރެއް އަދާކުރި ސޮބާހް ބުނީ ޓީސީގެ ކުރީގައި ތިބި ފޯވަޑުންނަށް ބޯޅަ ދެވޭ މިންވަރު މަދު ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

"ކުރިއާއަޅާ ބަލާއިރު ޓީސީގެ ސްކޮޑް ވަރުގަދަ. އެކަމަކު އަޅުގަނޑަށް ފާހަގަ ކުރެވެނީ މެދުތެރެ ރަނގަޅު ކުރަންޖެހޭ ކަމަށް. އެއީ ކުރީގައި އަލީ އަޝްފާގް (ދަގަނޑޭ) ފަދަ ކުޅުންތެރިންނަށް ބޯޅަ ސަޕްލައިކޮށްދޭންޖެހޭ. އެ ސަޕްލައި ރަނގަޅު ކޮށްފިނަމަ ޓީސީ ވަރަށް ރަނގަޅުވާނެ ކަމަށް ފެންނަނީ،" ސޮބާ ބުންޏެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުން ޓީސީއަކީ މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ޓީމެވެ.