ކުޅިވަރު

މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް މަރުވެއްޖެ


ލޮސް އެންޖްލެސް ކައިރި އަށް ޕްރައިވެޓް ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާގައި ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އެމެރިކާގެ ކޯބީ ބްރަޔަންޓްއި އޭނާގެ ދަރިފުޅު މަރުވެއްޖެއެވެ.

އުމުރުން 41 އަހަރުގެ ބްރަޔަންޓް ދަތުރުކުރަމުން ދިޔައީ އޭނާގެ ދަރިފުޅު ކުޅެން އޮތް ކޮލެޖް ބާސްކެޓްބޯޅަ މެޗެއް ބަލާލުމަށެވެ. ހެލިކަޕްޓަރު ވެއްޓުނު ހާދިސާގައި ބްރަޔަންއާއިއެކު 13 އަހަރުގެ ދަރިފުޅު ޖިއާނާ އަދި އާއިލާގެ ބައެއް މެމްބަރުންވެސްވަނީ މަރުވެފައެވެ.

ބްރަޔަންޓްގެ މަރާ އެކު މުޅި ކުޅިވަރު ދުނިޔޭގެ ގިނަ ބަޔަކު އަންނަނީ އެކަމާއި ހިތާމަ ފާޅުކުރަމުންނެވެ. ބަރަޔަންއަކީ ކޯޓުން ބޭރުގައިވެސް ހިތްތިރި އެންމެންނާއި ގާތްގުޅުމެއް ބާއްވާ މީހެކެއެވެ. އެހެންކަމުން ދުނިޔޭގެ ގިނަ ބަޔެއްގެ މަގުބޫލުކަން އޭނާއަށް ވަރަށް ބޮޑަށް ވަނީ ލިބިފައެވެ.

ބްރަޔަންވަނީ 2008އަދި 2012ގެ އޮލިމްޕިކްސް ރަން މެޑަލް އެމެރިކާއާއިއެކު ހޯދާފައެވެ. 1996 އިން 2016 އަށް ބާސްކެޓްބޯޅަ ކުޅުނު ކޯބީ ބްރަޔަންޓް ކެރިއަރުގެ ހުރިހާ އަހަރެއްގައިވެސް ކުޅުނީ އެންބީއޭގެ ލޮސް އެންޖެލްސް ލޭކާސްއަށެވެ. އޭނާ ވަނީ 2008 ވަނަ އަހަރުގެ އެންބީއޭ ސީޒަނުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފައެވެ.