ކުޅިވަރު

ރިއާލް މެޑްރިއަށް ކަސިޔަސް އަލްވަދާއު ކިޔައިފި


ރިއާލް މެޑްރިޑް ދޫކޮށް
ޕޯތޯއަށް ބަދަލްވި ގޯލްކީޕަރ އިކާ ކަސިޔަސް ރިއާލް މެޑްރިޑްގެ ސަޕޯޓަރުންނަށް އަލްވަދާއުކިޔައިފިއެވެ. ރިއާލް މެޑްރިޑްގެ ސްޓޭޑިއަމްކަމަށްވާ ސަންތިއާގޯ ބަރްނެބެއުގައި ކަސިޔަސްއަށް އަލްވަދާއު ކިޔުމަށް އޮތް ރަސްމިއްޔާތުގައި ރިއާލް މެޑްރިޑްގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ކަސިޔަސް އަށް އަލްވަދާއުކިޔާފައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފަންސަވީސް
އަހަރު ރިއާލް މެޑްރިޑްގައި ހޭދަކުރި ކަސިޔަސް ބުނީ ރިއާލް މެޑްރިޑްގައި އޭނާ
ހޭދަކުރި ހުރިހާ ދުވަހެއްގައިވެސް ސަޕޯޓަރުން އޭނާއާއި އެކުގައި ތިބި ކަމަށާއި،
ހުރިހާ އުފާވެރި ވަގުތަކާއި ހިތާމަވެރި ވަގުތުތަކުގައިވެސް ސަޕޯޓަރުން އޭނާއަށް
އެއްބާރުލުންދިންކަމަށެވެ. ކަސިޔަސް ބުނީ ރިއާލް މެޑްރިޑް ދޫކޮށްދާން ނިންމި ނިންމުމަކީ
އެއްވެސްއިރެއްގައި ފަސޭހަ ނިންމުމެއް ނޫންކަމަށާއި، ޕޯތޯއާއިއެކު ކާމިޔާބީތަކެއް
ލިބުނަސް އެކަން ރިއާލް މެޑްރިޑްގެ ސަޕޯޓަރުންނާއި އަބަދުވެސް ހިއްސާ
ކުރާނެކަމަށެވެ. "އަހަރެންގެ ހުރިހާ ޝުކުރެއް ހައްގުވަނީ ސަޕޯޓަރުންނަށް. ރިއާލްގައި ހޭދަކުރި ހުރިހާ ދުވަސްތަކެއްގައި އަހަންނަށް އެންމެ ބޮޑަށް ހިތްވަރުދިނީ ސަޕޯޓަރުން. އަހަރެންގެ އުފަލާ ހިތާމައިގައި އަބަދުވެސް ސަޕޯޓަރުން ތިބީ އަހަންނާއިއެކު" އުމުރުން 34 އަހަރުގެ ކަސިޔަސް ބުންޏެވެ.

ރިއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ ކަސިޔަސްއަކީ ސްޕެއިންއާއި
ރިއާލް މެޑްރިޑްގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރ ކަމަށާއި، ކަސިޔަސް
ރިއާލް ދޫކޮށްލަން ނިންމީ އޭނާ އަމިއްލައަށްކަމަށެވެ. " ކަސިޔަސްއަކީ ރިއާލް މެޑްރިޑްގެ ތާރީހްގައިވެސް އެންމެ މޮޅު ގޯލްކީޕަރ. ސްޕެެއިންގައިވެސް އުފެދުނު އެންމެ މޮޅު ގޯލްކީޕަރ. ކަސިޔަސް ރިއާލް ދޫކޮށްދާން ނިންމި ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް. އަހަރެން އެނިންމުމަށް އިޚްތިރާމްކުރަން." ޕެރޭޒް ބުންޏެވެ.

ރިއާލް މެޑްރިޑަށް ފައްސަތޭކައަށްވުރެން ގިނަ މެޗް ކުޅެދީފައިވާ
ކަސިޔަސްވަނީ ރިއާލް މެޑްރިޑާއިއެކު ފަސް ލަލީގާ ތައްޓާއި، ތިން ސްޕެނިޝް ކަޕް
އުފުލާލުމުގެ އިތުރަށް ތިން ޗެމްޕިއަންސް ލީގް ތަށިވެސް އުފުލާލާފައެވެ.