ތަޢުލީމު

އިސްލާމިކް ޔުނިވަރސިޓީގެ ކައުންސިލަށް 5 މެމްބަރަކު އައްޔަންކޮށްފި


ދިވެހިރާއްޖޭގެ އިސްލާމިކް
ޔުނިވަރސިޓީގެ ކައުންސިލަށް 5 މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު
އައްޔަންކުރައްވައިފިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ކައުންސިލަށް އައްޔަންކުރެއްވި
5 މެމްބަރުންނަކީ

1- މުހައްމަދު މުސްތަފާ އިބްރާހީމް، މ.މުސްތަފާއާބާދު - (ވިޔަފާރި ނުވަތަ މާލީ ނުވަތަ އިޤްތިޞާދީ ދާއިރާއިން)

2- ޝުހުދާން ރިޒްވާން، ސ.މީދޫ ފްލާވަރމީޑް - (ތަޢުލީމީ ދާއިރާއިން)

3- އަލްއުސްތާޛު މުޙައްމަދު ފައިސަލް، ބ.ފުޅަދޫ ވީނަސް - (ޤާނޫނީ ދާއިރާއިން)

4- ޑރ. މުހައްމަދު ހަނީފް، މާލެ ދަފްތަރު ނަމްބަރު 6530 - (ސިއްޙީ ދާއިރާއިން)

5- ޢަބްދުﷲ ނާޒިމް އިބްރާހީމް، ޅ. ހިންނަވަރު ބޮޑުފެންޑާގެ - (ކުރިއަރުވާ ތަރައްގީކުރުމުގެ ގޮތުން އެހީތެރިވެދިނުމުގެ ދާއިރާއިން)ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޤާނޫނަށް ގެނައި އިސްލާޙު މިދިޔަ
ބްރާސްފަތި ދުވަހު ގެޒެޓް ކުރެވުމާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަނީ
އިސްލާމިކް ޔުނިވަރސިޓީއެއް އުފެދިފައެވެ.