ތަޢުލީމު

ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް 5 މެމްބަރަކު އައްޔަންކޮށްފި


ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް 5 މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު
އައްޔަންކުރައްވައިފިއެވެ.

ކައުންސިލަށް އައްޔަންކުރެއްވި 5 މެމްބަރުންނަކީ:

1- އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު، ލ.މާވަށް - (ޔުނިވަރސިޓީ ކުރިއަރުވާ ތަރައްޤީކުރުމުގެ ދާއިރާއަށް)

2- ޑރ. ފާތިމަތު ނަޒްލާ ރަފީޤު، މ.ދިރުން - (ސިއްޙީ ދާއިރާއިން)

3- ޑރ. ހުސައިން ފާއިޒު، މާލެ ދަފްތަރު ނަމްބަރު 1325 - (ތަޢުލީމީ ދާއިރާއިން)

4- މުހައްމަދު ލުވެއިޒް، މއ.ދިލާސާގެ، - (ވިޔަފާރި ނުވަތަ މާލީ، ނުވަތަ އިޤްތިޞާދީ ދާއިރާއިން)

5- އަލްއުސްތާޛު އިސްމާއިލް ވިޝާމް، މ. ހަނީޑިއު - (ޤާނޫނީ ދާއިރާއިން)

މިދިޔަ ބުދަދުވަހު މަޖިލީހުން
ފާސްކޮށް، ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގައި ބުނެފައިވަނީ، ޤައުމީ ޔުނިވަރސިޓީގެ ކައުންސިލު އެކުލެވިގެންވަނީ ޖުމްލަ 13 މެމްބަރުންގެ މައްޗަށް ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ
އައްޔަންކުރާ 5 މެމްބަރުންނާއި، ޔުނިވަރސިޓީގެ ކައުންސިލުގައި މަޤާމުގެ
ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ 5 މެމްބަރުންގެ އިތުރުން، އިންތިޚާބުކުރާ
5 މެމްބަރުންކަމަށެވެ.