ކުޅިވަރު

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު އަންނަ މަހު 24 ގައި


ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އާ އެކްސްކޯއްއެއް އެކުލަވާލުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 24ވަނަ ދުވަހުއެވެ. މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމްގެ އިތުރުން އެސޯސިއޭޝަންއިންވަނީ އެސޯސިއޭޝަންގެ ނައިބް ރައީސް، ހަޒާންދާރު، އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރުގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރުކަމަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މިމަގާމްތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން މިއަންނަ މަހުގެ 3ވަނަ ދުވަހުގެ ކުރިން އެސޯސިއޭޝަންއަށް އެ ފަރާތެއްގެ ވަނަވަރާއިއެކު ހުށައެޅުމަށްވެސް މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންއިން ނެރެފައިވާ އިޢުލާންގައި ބުނެފައިވެއެވެ. މިއަންނަ މަހުގެ 24ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވަނީ އަމިއްލަ މެމްބަރުންގެ ތެރެއިން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދާ މިއަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، މިއަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕް ފީ ދައްކަވާ ފައިވާ ފަރާތްތަކަށެވެ.

އަދި ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ޤަވައިދުގައިވާ ގޮތުގެ މަތިން މިދިޔަ 2 އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ މެމްބަރ ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން މިއަންނަ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް، މިއަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކަވާ ކްލަބު ޖަމިއްޔާތަކަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިޙާބްގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވެވެ.

އަދި މިއަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމެޓީތަކުގެ ތެރެއިން ޤައިވާއިދާ އެއްގޮތަށް ރިޕޯޓް ހުށަހަޅާ ކޮމެޓީތަކަށް ވޯޓް ދެއްވޭނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.