ކުޅިވަރު

ސީނިއަރ ގައުމީ ޓީމު ފިޔަވައި އެހެން ޓީމުތަކަށް ކޯޗުންނާއި ކީޕަރު ޓްރެއިނަރުން ހޯދަނީ


ގައުމީ ސީނިއާ ފުޓްބޯޅަ ޓީމު ފިޔަވައި އެހެން ޓީމުތަކަށް އޭ ލައިސަންސް ކޯޗުންނާއި ގޯލްކީޕަރު ޓްރޭނަރުން ހޯދަން އެފްއޭއެމުން އިޢުލާނުކޮށްފި އެވެ.

ޤައުމީ ފުޓްބޯޅަ އިދާރާއިން އަންގާފައިވަނީ ކޯޗުން ހޯދަނީ ރާއްޖޭގެ 19 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 14 އަހަރުން ދަށާއި 12 އަހަރުންދަށުގެ ޓީމަށާއި ގައުމީ އަންހެން ޓީމަށް ކަމަށެވެ. މި ޓީމުތަކަށް ކޯޗުންނާއި އެސިސްޓެންޓް ކޯޗުން އަދި ކީޕަރު ޓްރޭނަރުންގެ އިތުރުން މެޑިކަލް އޮފިސަރުން ވެސް ހޯދަން ވަނީ އިޢުލާނުކޮށްފަ އެވެ.

ކޯޗުންނަށް ކުރިމަތިލެވޭނީ އޭލައިސަންސް އޮތް ކޯޗުންނަށް އެކަންޏެވެ. އެހެން މަގާމުތަކަށް ވެސް ސެޓްފިކްޓެ އޮންނަންޖެހޭއިރު އެފްއޭއެމުން ވަނީ މިދިޔަ އަހަރު ކީޕަރު ޓްރޭނަރުންނާއި ގިނަ އަދަދެއްގެ އޭ،ބީ އަދި ސީލައިންސަންސް ކޯޗުން އުފައްދައި މެޑިކަލް އޮފިސަރުންނާއި ސެކިއުރިޓީ އޮފިސަރުންވެސް ތަމްރީނުކޮށްފަ އެވެ. މީގެ ބޭނުމަކަށްވީ އޭއެފްސީ ކުލަބު ލައިސަންސް ސިސްޓަމަށް ފެރޭ ފެންވަރުގެ އޮފިޝަލުން ޓީމުތަކަށް ބޭނުންވާތީވެ އެ ދާއިރާތަކުން އޮފިޝަލުން ތަމްރީނުކުރުމެވެ.

ކޯޗުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން އެފްއޭއެމަށް އެއް އަހަރާއި ތިން އަހަރުގެ ޕްލޭނެއް ހުށަހަޅަންޖެހޭނެ އެވެ.