ޚަބަރު

މާލޭ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ


މާލޭ އެއް ނަންބަރު ޖެޓީ ކައިރިން، ފަޅުތެރޭގައި މަރުވެފައި އޮތް އުމުރުން ދުވަސްވީ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 12:30 އެހާކަންހާއިރު މާލޭ 1 ނަންބަރު ޖެޓީ ކައިރިން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން ދުވަސްވީ، ފިރިހެނެއްކަމަށެވެ. އަދި އޭނާ އައި.ޖީ.އެމް.އެޗްއަށް ގެންދިޔުމުން ބެލި ޑޮކްޓަރަންނާއި ހަވާލާދީ، އޭނާ މަރުވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ނަމަވެސް މަރުވެފައި އޮއްވާ ފެނިފައިވާ މީހާގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއްނުވެއެވެ. މި މީހާ މަރުވެފައި އޮއްވާ ފެނުން ސަރަހައްދުން މީހަކު ގެއްލިގެން ހޯދަމުންދޭތޯ ޗެކްކުރުމަށް ފުލުހުން މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.