ޚަބަރު

މަހެއް ގަނެފައި އޮތް ނަނު ކަރުގައި އޮޅިގެން މީހަކު މަރުވެއްޖެ


ށ. ފުނަދޫ ޑިންގީއެއްގައި އެކަނި މަހަަށް ނުކުމެ އުޅުނިކޮށް މަހެއް ގަނެފައި އޮތް ނަނު ކަރުގައި އޮޅިގެން މީހަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާ މަރުވެފައިވަނީ ނަނުގައި މަހެއް ގަނެ ކަނޑަށް ވެއްޓި ކަރުގައި ކަންވާރު އޮޅިގެން ކަމަށެވެ.

މިހާދިސާގައި ނިޔާވެފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ށ.ފުނަދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އެމީހާ މޫދަށް ވެއްޓިފައިއޮއްވާ ފެނިފައިވަނީ އެސަރަހައްދުންދިޔަ ދޯންޏަކަށް ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ށ.ފުނަދޫއިން ޑިންގީއެއްގައި މަސްވެރިކަމަށް ނިކުމެ އުޅުމުގެ ތެރޭގައި މަހެއް ގަނެގެން މޫދަށްވެއްޓި ކަރުގައި ކަންވާރު އޮޅިގެން މީހަކު ނިޔާވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 11:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޚްޤީޤުކުރަމުންނެވެ.