ޚަބަރު

މ.މުލަކުގެ ވަޑާންގެއެއްގެ ތެރޭގައި ޒަމަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ


މ.މުލަކުގެ ވަޑާންގެއެއްގެ ތެރޭގައި ޒަމަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ 44 އަހަރުގެ ފިރިހެނެއްކަމަށެވެ. އެމީހާގެ ވާތްފަރާތު މޭމަތިން ވަރަށްފުންކޮށް ގާތްގަނޑަކަށް 9 އިންޗިހާތަނެއް ކަފައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މ.މުލަކުގައި ވަޑާމުގެ މަސައްކަތްކުރާ ގެއެއްގެ ވަޑާންގޭގެ ތެރޭގައި މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ފަތިހު 5:00 ހާއިރު ކަމަށެވެ. އަދި އެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ގެއަށް ވަގުތުން ގޮސް އެމީހާ މ.މުލަކު ސިއްޚީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލައި މިމައްސަލަ ދަނީ ތަޚްޤީޤުކުރަމުންނެވެ.