ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް: ފައިނަލުން ފޭދޫ ސްޕޯޓްސް ޖާގަ ހޯދައިފި


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕުގެ ފައިނަލުން ފޭދޫ ސްޕޯޓްސް ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލް ފަހު މެޗުގައި ގޯދިއްޔާއައި ވާދަކޮށް ފޭދޫ މެޗު ކާމިޔާބުކުރީ ފަހަރެއް ސުމެއްގެ ބޮޑު ތަފާތަކުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފޭދޫ ސްޕޯޓްސްގެ އަލީ ލިރުއާމްއެވެ. މެޗުގެ 44 ވަނަ މިނެޓުގައި ލިރުއާމް މި ގޯލް ޖެހިއިރު، ދެވަނަ ލަނޑަކީ، ގޯދިއްޔާ ޓީމުން ކުޅުންތެރިއެއްގެ އަތުގައި ޕެނަލްޓީ އޭރިއާ އެތެރެއިން ބޯޅަ ޖެހުމުގެ ސަބަބުން ފޭދޫއަށް ލިބުނު ޕެނަލްޓީއަކުން އަލީ ނާފިއު ޖެހި ގޯލެކެވެ މިލަނޑު ފުރަތަމަ ހާފުގެ ކުޅުން ނިިމުނީ 0-2 އިން ފޭދޫ ކުރީގައި އޮވެގެންނެވެ. ފޭދޫ ޓީމުގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ސަޔަމްއެވެ. 4 ވަނަ ލަނޑު ލިރުއާމް ޖަހައިދިންއިރު ފަސްވަނަ ލަނޑު ޖަހއިދިނީ ސަޔަމްއެވެ.

މުބާރާތުގައ ފައިނަލުގައި ފޭދޫ ސްޕޯޓްސް ނިކުންނާނީ ބޭރުމައްޗާއި ދެކޮޅަށެވެ. ބޭރުމަތި ފައިނަލަށް ދިޔައީ، ސެމީ ފައިނަލުގައި ކްލަބް ރިވެރިން ފަހެއް އެކަކުން ބަލިކޮށްގެންނެވެ.

މެޗަށް ފަހު ފޭދޫ ސްޕޯޓްސް ޓީމުގެ އިހްތިޝާމް ނަޖީބް ބުނީ، އެޓީމަށް މި މެޗު އުންމީދު ކުރިވަރަށް ވުރެ ފަސޭހަ ކަމަށެވެ. އަދި ފައިނަލްގައި އެޓީމާއި ދެކޮޅަށް ނިކުންނަ އެފްސީ ބޭރުމަތިވެސް އެއްވެސް މެޗަކުން ބަލިނުވާކަމަށާއި، ފައިނަލަށް ވަރަށް ބޮޑަށް، ތައްޔާރުވާނެކަމަށެވެ.