ޚަބަރު

ޕާކިސްތާނު އެމްބަސީން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ޚާއްސަ އިކިއުޕްމެންޓުތަކެއް ހަދިޔާކޮށްފި


ޕާކިސްތާނު އެމްބަސީން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ޚާއްސަ އިކިއުޕްމެންޓުތަކެއް ހަދިޔާކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިކިއުޕްމެންޓް ހޭންޑްއޯވަރ އެއްބަސްވުމުގައި ސިވިލްސަރވިސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ. ޕާކިސްތާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާރޑް) ވަސީމް އަކުރަމްއެވެ.

ޕާކިސްތާނުން މިފަހަރު ދިން އެހީގެ ދަށުން ވަނީ، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް 10 ޑެސްކްޓޮޕް ކޮމްޕިއުޓަރާއި، 5 ލެޕްޓޮޕާއި، 6 އެއަރ ކޮންޑިޝަނަރގެ އިތުރުން 3 ޕްރޮޖެކްޓަރ ވަނީ ހަވާލުކޮށްފައެވެ. ޕާކިސްތާން އެމްބަސީން ވަނީ 2017 ގައިވެސް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް 2 ސްމާރޓްބޯޑް ހަދިޔާކުރައްވާފައެވެ.