ޓްރެވަލް އެންޑް ލެޝަރ މެގަޒިންއިން ހޮވާ ދުނިޔޭގެ
އެންމެ ހިތްގައިމު ކުދި ޖަޒީރާ ރަށްތަކުގެ ލިސްޓްގެ ތިންވަނަ ރާއްޖެއަށް ލިބިއްޖެއެވެ.
މި
ލިސްޓްގެ އެއްވަނަ ލިބިފައިވަނީ އިކުއެޑޯގެ ގަލަޕަގޮސް އައިލެންޑަށެވެ. އަދި ދެވަނަ
އަށް ހޮވިފައިވަނީ އިންޑޮނޭޝިއާގެ ބާލީއެވެ.
ޓްރެވަލް
އެންޑް ލެޝަރ މެގަޒިންގެ ކިޔުންތެރިންގެ ވޯޓްގެ މައްޗަށް ބިނާކޮށް
ތައްޔާރުކޮށްފައިވާ އެންމެ ހިތްގައިމު ކުދި ޖަޒީރާ ރަށްތަކުގެ ލިސްޓްގައި ޖުމްލަ
ދިހަ މަންޒިލެއް ހިމަނާފައިވެއެވެ.
މި
ލިސްޓްގެ ތިންވަނަ ރާއްޖެއަށް ލިބިފައިވަނީ އަށްޑިހަ އަށެއް ޕޮއިންޓް ފަހެއް
ތިނެއް ތިނެއްގެ ސްކޯރއެއް ލިބިގެންނެވެ. ލިސްޓްގެ އެއްވަނަ އަށް ހޮވުނު ގަލަޕަގޮސް
އައިލެންޑްއަށް ލިބިފައިވަނީ ނުވަދިހަ ޕޮއިންޓް އަށެއް އެކެއް ފަހެއްގެ ސްކޯރއެކެވެ.
ލިސްޓްގެ
ދެވަނަ އިންޑޮނޭޝިއާގެ ބާލީއަށް ލިބިފައިވަނީ ޖުމްލަ އަށްޑިހަ އަށެއް ޕޮއިންޓް
ފަހެއް ތިނެއް ތިނެއް ގެ ސްކޯރއަކާއި އެކީގައެވެ. މިއީ ރާއްޖެއަށް ލިބުނު ސްކޯރއަށްވުރެ ސުމެއް ޕޮއިންޓް ހަތަރެއް ހަތަރެއް ފަހެއް، އިތުރު އަދަދެކެވެ.
މި
ލިސްޓްގައި ދުނިޔޭގައި ރީތި ކަމަށް ނަން މަޝްހޫރި ކުދި ޖަޒީރާ ރަށްތަކުގެ ގޮތުގައި
ބެލެވިފައިވާ ބޯރާ ބޯރާއާ މޮލްޓާއާ ކަޅުވެލީގެ ގޮޑުދޮށްތައް އެކުލެވޭ ހަވާއީގެ
މައުވީ ވެސް ހިމެނެއެވެ.