ސިއްހަތު

ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި އެމެޖެންސީ މެޑިކަލް ސަރވިސް ސެންޓަރެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ


ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި އެމެޖެންސީ މެޑިކަލް ސަރވިސް ސެންޓަރެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ހެލްތު ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި އެމެޖެންސީ މެޑިކަލް ސަރވިސް ސެންޓަރެއް ޤާއިމުކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަންނަ ޖެނުއަރީމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި މި މަޝްރޫޢަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗރގެ "ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު"ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ސާޅިސް ހާސް ރުފިޔާ ހުށަހަޅަންޖެހޭއިރު، ބީލަމުގައި ބައިވެރިވުމަށް ފަސްސަތޭކަ ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

މިއީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ޚަރަދުކުރުމަށް ނިންމާފައިވާ މަޝްރޫޢެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.