އަތޮޅުތައް

ބ. ދޮންފަނުގައި ސިއްހީ މަރުކަޒެއް އިމާރާތްކުރަނީ


ބ ދޮންފަނު ޞިއްޙީ މަރުކަޒު އިމާރާތް ކުރުމާއި ފަރެސް މާތޮޑާ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ.މިކަމަށްޓަަކައި ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.ދޮންފަނު ޞިއްޚީ މަރުކަޒު އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ހަވާޥްޑް ވޯރކްސް ޕްރައިވެޓް ލިމިޓެޑާއެވެ.ފަރެސްމާތޮޑާ ޞީއްޙީ މަރުކަޒުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ކަޅިހި ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއެވެ.ދޮންފަނު ޞިއްޙީ މަރުކަޒުގެ މަސައްކަތަށް ހަތްލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު، ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒުގެ މަސައްކަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިގެންދާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ޞީއްޙީ ދާއިރާގެ މިފަދަ މަސައްކަތްކަތަކީ ރައީސުލް ޖުމުހޫރިއްޔާ ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެއް ކަމަށެވެ.ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ ފަރެސްމާތޮޑާގެ ޞިއްޙީ މަރުކަޒަކީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެއްކަމުން މަސައްކަތް ޙަވާލުކުރި ފަރާތްތަކުންވެސް ވީހާވެސް އަވަހަށް މަސައްކަތް ނިންމައި ދިނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.ސަރުކާރުން މިއަހަރުގެ ތެރޭގައިވަނީ އަށްޑިހަ އަށް ރަށެއްގެ ޞިއްޙީ މަރުކަޒުތައް އިމާރާތްކުރުމާއި މަރާމާތުކުރުމުގެ އެކި އެކި މަސައްކަތަށް ސަތޭކަ އަށްޑިހަ އަށް މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.