އަތޮޅުތައް

އދ.ކުނބުރުދޫގައި ޑެންގީ ހުމާބެހޭ މަޢްލޫމާތު ދީފި


އދ.އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ޓީމަކުން އދ. ކުނބުރުދޫގައި ޑެންގީ ހުމާބެހޭ މަޢްލޫމާތު ދީފިއެވެ.ކުނބުރުދޫއިން މިހާތަނަށްވަނީ ދެކުއްޖަކު ޑެންގީހުމަށް ޕޮޒިޓިވް ވެފައެވެ.މިޓީމްގެ ފަރާތުންވަނީ މިވަގުތު އެރަށުގައި ވައިރަލްހުން ޖެހިފައިވާ ބަލިމީހުންގެ ގޭގެއަށާއި ކުރިން ޑެންގޫ ހުމަށް ޕޮޒިޓިވްވި ކުދިންގެ ގޭގެއަށްވެސް ޒިޔާރަތްކޮށްފައެވެ.މިވަގުތު އދ. އަތޮޅު ހޮސްޕިޓަލުގައި ވައިރަލްފީހުންޖެހިގެން އެއް ކުއްޖަކު އެޑްމިޓް ކޮށްފައިވާއިރު، ޑެންގީއަށް ޝައްކުވާ އަދި ޕޮޒިޓިވް އެއްވެސް ކުއްޖެއް އެޑްމިޓްކުރެވިފައި ނެތްކަމަށްވެސް އދ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.އދ. އަތޮޅުގެ އެހެންރަށްރަށަށް ބަލާލާއިރު، ޑެންގީއަށް ޕޮޒިޓިވްވި ބިދޭސިއަކަށް މާމިގިލީ ސިއްހީ މަރުކަޒުގައިދަނީ ފަރުވާދެވެމުންނެވެ. އަދި މިމީހާ މާލެއަށް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ސިއްހީ މަރުކަޒުން ބުނެއެވެ.