ޚަބަރު

ކުޅުދުއްފުށީގައި ބާއްވާ ޔުނިޓީ ރަންގައި ބައިވެރިވުމަށް ހުޅުވާލައިފި


އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ރެޑްކްރެސެންޓްގެ ހދ ގޮފީން ކުޅުދުއްފުށީގައި ބާއްވާ ޔުނިޓީ ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި އެވެ. މިދުވުން އޮންނަނީ ޑިސެމްބަރުމަހު 26 ގައި ހދ ކުޅުދުއްފުށީގައެވެ.

މި ދުވުމަކީ ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށް ފަންޑް ހޯދުމަށާއި ދުޅަހެޔޮ ޞިއްޙަތާއި ކަސްރަތު ކުރުމަށް ހޭލުންތެރި ކުރުމާއި، ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުމުގެ ގޮތުން ބާއްވަމުން އަންނަ ދުވުމެކެވެ.

ރެޑްކްރެސެންޓް ހދ ގޮފިން ބުނީ މި ވަގުތު ހަމަ އެކަނި ކުރިއަށްދަނީ ބިބް ބުކް ކުރުން ކަމަށާއި، ބިބް ވިއްކަން އެސްއެމްއެސް ކޮށްފައިވާ ފަރާތްކަށް އެފުރުޞަތު އޮންނާނެ ކަމަށެވެ.

މިދިޔަ އަހަރު ވެސް ވަނީ ރެޑްކްރެސެންޓް ހދ ގޮފިން ކުޅުދުއްފުށީގައި ޔުނިޓީ ރަން ބާއްވާފަ އެވެ. މިއީ މިރަން ބާއްވާ ހަތަރު ވަނަ އަހަރެވެ.