ޓުއަރިޒަމް

އެއްމެ ހިތްގައިމު ޓްރީ ހައުސް ހޮޓެލް ތަކުގެ ލިސްޓްގަ އަމިއްލަފުށި


މަޝްހޫރު ފެޝަން މެގަޒިނެއް ކަމަށްވާ ހަރޕަރސް ބާޒާރުން އެކުލަވާލި ދުނިޔޭގެ އެއްމެ ހިތްގައިމު ޓްރީ ހައުސް ހޮޓެލްސް ތަކުގެ ލިސްޓްގައި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އަމިއްލަ ފުށި ހިމެނިއްޖެއެވެ.މިލިސްޓްގައި ޖުމްލަ ދިހަ ހޮޓަލެއް ހިމަނާފައިވޭ، އެގޮތުން ސްވިޑްންގެ ޓްރީ ހޮޓެލް، ޖެމެއިކާގެ ކަނޮޕީ ހައުސް، އަދި ކެންޔާގެ ވަޓަމޫ ޓްރީ ހައުސް މިލިސްޓްގައި ހިމެނެއެވެ.މާޅޮސްމަޑުލު ދެކުނުބުރީގައި ތަރައްގީކޮށްފައިވާ އަމިއްލަފުށި ރިސޯޓަކީ ތަފާތު ކޮންސެޕްޓަކަށް ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. އެގޮތުން ގަސްތަކުގެ މަތީގައި އިމާރާތްކޮށްފައި ޓްރީ ހައުސްތަކަކީ ހަނީމޫނަށް ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަމާޒްކޮށް ތައްޔާރުކޮށްފައިވާ ކޮޓަރިތަކެކެވެ.ހާޕާރސް ބާޒާރުން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި އާއްމުކޮށް ފެނިގެން ދަނީ މޫދު ކޮޓަރި ކަމަށްވިޔަސް އަމިއްލަފުށި ރިސޯޓުގައި ޓްރީ ހައުސް ކޮންސެޕްޓަށް އިމާރަތްކޮށްފައިވާ ކޮޓަރި ތަކަކީ ވަރަށްވެސް ހިތްގައިމު ކޮޓަރިތަކެއް ކަމަށެވެ.