ވިޔަފާރި

ބީއެމްއެލްގެ ބައެއް ޚިދުމަތްތަކަށް ޚާއްސަ ސެންޓަރުތަކެއް ޤާއިމްކުރަނީ


ބީއެމްއެލްގެ ބައެއް ޚިދުމަތްތަކަށް ޚާއްސަ ސެންޓަރުތަކެއް މާލޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އިން ބުނީ އަންނަ އަހަރު ބައިނަލްއަޤްވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ނެރެ ބޭންކުގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އަންނަ ޖެނުއަރީމަހު 'އެކައުންޓް ހުޅުވުމަށް' އާ ސެންޓަރަކާއި ލޯން ދޫކުރުމަށް އާ ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މި ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ޕާރސަނަލް ބޭންކިންގ އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މާލޭގައި މުޅިން އަލަށް 'ޑިޖިޓަލް ބްރާންޗެއް' ހުޅުވުމަށްވެސް ބޭންކުން ތައްޔާރުވަމުންދާކަމަށެވެ. މި ބްރާންޗު މެދުވެރިކޮށް ޒަމާނީ ޑިޖިޓަލް ބޭންކިންގ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. މި ބްރާންޗުގެ ޚިދުމަތް އަންނަ އަހަރު ފަށަން ހަމަޖެހިފައިވާއިރު މިހާރު މަޖީދީމަގުގައި ހުރި ބީއެމްއެލްގެ އޮފީހުގެ ޚިދުމަތް އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލެވިގެން ދާނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އަންނަ އަހަރު ގެނައުމަށް ހަމަޖެހިފައިވާ މި ބަދަލާއެކު ބީއެމްއެލްގެ ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތްތަކެއް ލިބިގެންދާނެކަމަށެވެ.