ވިޔަފާރި

މަސައްކަތެއް ނުހިންގާ ސަރުކާރުގެ 19 ކުންފުންޏެއް އުވާލަނީ


ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މަސައްކަތެއް ނުހިންގާ 19 ކުންފުންޏެއް އުވާލުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ލިސްޓުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އުވާލުމުގެ މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ 2016 ވަނަ އަހަރު އުވާލުމަށް ނިންމި 16 ކުންފުންޏަކާއި 2018 ވަނަ އަހަރު އުވާލުމަށް ނިންމި 1 ކުންފުންޏާއި މިއަހަރު ސަރުކާރުން އުވާލުމަށް ނިންމި 2 ކުންފުންޏެކެވެ. މިކުންފުނިތަކަކީ ރައީސް ނަޝީދު އަދި ރައީސް ޔާމީންގެ ސަރުކާރުގައި އުފައްދާފައިވާ ކުންފުނިތަކެކެވެ.

އުވާލުމަށް ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި ދައުލަތުގެ މީޑިއާ ކުރިން ހިންގި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް، އެމްއެންބީސީ، ފެލިވަރު ފިޝަރީސް މޯލްޑިވްސް ލިމިޓެޑް، ކޫއްޑޫ ފިޝަރީސް މޯލްޑިވްސް ލިމިޓެޑް އަދި ގަން އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއާރުޑީސީވެސް މި ލިސްޓުގައި ހިމެނެއެވެ.

މި ކުންފުނިތައް އުވާލުމަށް މިނިސްޓްރީން ނިންމާފައިވަނީ ކުންފުނިތަކަށް ގެއްލުން ލިބި ކުންފުނިތައް ހިންގޭ ގޮތް ނުވުމުންނެވެ.